ކަލާ ދޫކޮއްލެވުނީ މިމިހާރު
ފުން ހިތުގާ ކަލާ ބެހެއްޓުނޭ
މިއީ އުންދަގުލާ ހިތާމަހުރި ކަމެކޭ
ނަމަވެސް ކަލާ ދޫކޮށްލަނީ މިމިހާރު
ކަލާދެކެ ލޯބިވީމޭ
އިންތިޒާރު ކުރެވުނޭ
ނަމަވެސް މިހާރުކަލާ ދޫކޮއްފީމޭ
އަހަރެން ދިމާވީ އިއްޔެއޭ
ފެންކަޅިވެ އޯގާތެރި ކަމާއެކު ތިބާ
ހުވަފެނެއްގަ އައީ ސުވާލުކުރަމުން
އަހަރެންދެކެ ލޯބިވިންހޭ
ދޯކޮށްލަން އެދުނިންހޭ
އިންތިޒާރު ކުރިންހޭ
ކަލާޔާއެކީ ވުމަށް އެދެމޭ
އާދޭސް ކުރަނީ
ދޫކޮށްނުލާށޭ
ޔަގީން ނުވަނީ ތިބާއަށް އަހަރެން ހަންދާންވާކަން
އަހަރެންގެ ލޯބިނަގާލީ ކަލާއޭ
އެކަން ކަލާއަށް ނޭންގިދާނޭ
ދެކެނީ މިހާރު އުފަލުގެ ހުވަފެނޭ
ފުންހިތާމަ ދޫކޮށް އުފާވެރިކަން
އަހަރެން ކިބައިން އޭނާފެނުނީތީ ކަލާ ލޯބިވީ
ނަމަވެސް އަހަރެން އިތުރަށް ލޯބިވީމޭ
އަބަދަށް ކަލާ ރައްކާތެރި ކުރާނަމޭ
ދޫކޮށް ނުލާނަމޭ
އަގުހުރި، އަހަރެންގެ ލޯބިވާ
އަހަރެންނާ އެކީ އަބަދަށް ވާށޭ
އިތުބާރު ކުރާށޭ
މި އަތުގަ ހިފާ
މި އަތުން ދޫކޮށް ނުލާށޭ